މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް، ވޯޓަކާ ނުލައި ހޮވިއްޖެއެވެ.
އެމްއެންޕީގެ ފަރާތުން އަށެއް އޮކްޓޯބަރު ވާ ހުކުރު ދުވަހު، އެމްއެންޕީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި އިންތިހާބުކުރުމަށްޓަކައި ޕާޓީގެ އިންޓަރިމް އެގްޒެކެޓިވް ކައުންސިލުގެ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ އިއްޔެ އަށް ހަމަވެފައެވެ. އެގޮތުން ޕާޓީގެ ރައީސް ކަމަށް ކާނަލް މުހައްމަދު ނާޒިމް ވޯޓަކާ ނުލައި ހޮވިފައި ވަނީ އެ މަގާމަށް އެހެން މީހަކު ކުރިމަތި ނުލާތީ އެވެ.
ޕާޓީގެ ރައީސް ކަމުގެ އިތުރުން، ހަ ނާއިބު ރައީސުންނާއި، އަންހެނުންގެ ވިންގް ލީޑަރާއި، ޒުވާނުންގެ ވިންގް ލީޑަރާއި، އަދި ކައުންސިލު މެންބަރުން ހޮވުމަށް ވެސް ވަނީޯ ހުޅުވާލައިފަ އެވެ.
އެގޮތުން އަންހެނުންގެ ވިންގް ލީޑަރުންނަށް ތިން ބޭފެޅަކު ކުރިމަތިލައްވާފައިވާއިރު އޭގެ ތެރޭގައި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވެސް ހިމެނިވަޑައިގަންނަވައެވެ. ޔޫތު ވިންގް ލީޑަރު ގެ މަގާމަށް ވެސް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. އަދި ހަ ނާއިބު ރައީސުންގެ މަގާމަށް 7 ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު ދެ އަންހެން ބޭފުޅުންވެސް ވަނީ ކުރިމަތި ލައްވައިފައެވެ. ނާއިބު ރައީސްގެ މަގާމަކީ އެއް މަގާމު އަންހެން މެންބަރަކަށް ހާއްސަކޮށްފައިވާ މަގާމެކެވެ.
އެމްއެންޕީން ބުނީ، އިންތިހާބުގައި ބައިވެރިވުމަށް މުޅި ޖުމުލަ 54 ފޯމު ހުށަހަޅާފައިވާ ކަމަށާއި، ޕާޓީގެ މަގާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، އެކަން މިއަދު މެންދުރު 14:00ގެ ކުރިން ޕާޓީގެ އިދާރާއަށް ހުށަހަޅަން ވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު