ތުންތުން މަތިން ކިޔަމުން އަންނަ ގޮތުން ގިރާވަރު މީހުންނަކީ ރާއްޖޭގައި އެންމެ ކުރިން ވަޒަންވެރިވި އެއް ޖަމާޢަތެވެ. މާލެއަކީ އެމީހުންގެ ރަށެއް ކަމަށް ގިރާވަރު މީހުން ދައުވާ ކޮށް އުޅުނު ކަމަށް ވެއެވެ.
ވިހިވަނަ ޤަރުނުގެ މެދާ ހަމައަށް އަންނަންދެން އެމީހުން ދިރިއުޅެމުން އައީ މާލެއާ ދާދި ކައިރީގައި އޮތް ކުޑަ ރަށެއް ކަމަށްވާ ގިރާވަރުގައެވެ. އެ ރަށުގައި އެމީހުން ދިރި އުޅުނު ގޮތަކީ ރާއްޖޭގެ އެހެން ހުރިހާ ރަށެއްގެ ޘަޤާފަތާ ތަފާތު ގޮތެކެވެ. އެ ޘަޤާފަތުގެ އެންމެ ޚާއްޞަ ކަމަކީ ތާރަޖެހުމެވެ. އެމީހުންގެ ތާރައިގެ ހަމައާއި ލަވަތަކަކީ އާދައާ ޚިލާފަށް މޮޅު އަދި ރީތި މިއުޒިކެކެވެ. ތާރައާ އެކީގައި ނެށުމާއި ވަޖިދުވުން ވެސް ހިމެނުނެވެ. ގިރާވަރު މީހުންނާ އެއް ފެންވަރަށް ތާރަޖެހޭ ބަޔަކު އޭރަކުވެސް އަދި މިހާރަކު ވެސް ނުއުޅޭ ކަމަށް ދިވެހީން ޤަބޫލުކުރެއެވެ.
ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ޒޭވިއަރ ރޮމެރޯ ފްރިއާސް (2003) ވިދާޅުވާގޮތުން ރާއްޖޭގައި އުޅޭ ކުޑަ ޖަމާއަތެއް ކަމަށް ވާ ގިރާވަރު މީހުންނަކީ އެންމެ ކުރިން އެ ޖަޒީރާތަކުގައި ވަޒަންވެރިވި މީހުން ކަމަށް ބެލެވެއެވެ. އެމީހުން އައީ ކޮއިމަލާއަށް ވުރެން މާކުރިން ކަމަށް ވެސް ބެލެވެއެވެ. ފްރިއާސްގެ ދިރާސާ އިން އެނގޭގޮތުގައި ގިރާވަރު މީހުންނަކީ އިންޑިއާގެ ހުޅަނގު ދެކުނު އައްސޭރިފަށުގައި އުޅުނު ތަމަޅައިންގެ ތެރެއިން އައި ބައެކެވެ. ރާއްޖެއަށް އައުމުގެ ކުރިން އެ މީހުން މީލާދީ ގޮތުން 300 ބީ.ސީ. އާއި 300 އޭ.ޑީ. އާ ދޭތެރޭގައި ސިލޯނުގައި ވަޒަންވެރިވި އެވެ.
20 ވަނަ ޤަރުނާ ޖެހެންދެން ގިރާވަރު މީހުންނަކީ ރާއްޖޭގެ އެހެން ރަށްރަށު މީހުންނާ ޘަޤާފީ އަދި އުފެދުމުގެ ގޮތުން ތަފާތު ބައެކެވެ. އެގޮތުން ހަށިގަނޑާއި ބަހާއި އާދަކާދައިގެ ތަފާތުތައް ފާހަގަ ކުރެވުނެވެ. އެމީހުންގެ ބަހުގައި ތަމަޅަ އާއި މަލަޔާޅަމާއި އެއްގޮތް ކަންކަން ހުއްޓެވެ.
ގިރާވަރު މީހުންނަކީ އެމީހުން ދައުވާ ކުރިގޮތުން ރާއްޖޭގެ ޤަދީމީ ވެރިންނެވެ. އަދި ވެރިކަން ހިންގި މީހުން ވެސް މެއެވެ. ބޭރު ޤައުމެއްގެ އަމީރަކަށް ރާއްޖޭގައި އުޅުއްވަން ހުއްދަ ދިނީ އެމީހުންނެވެ.
ޤަބޫލު ކުރެވޭގޮތުން ޤަދީމީ ޒަމާނުގައި ގިރާވަރަކީ މިހާރަށް ވުރެ މާ ބޮޑު، އިމާރާތްތަކާއި ފައްޅި ހުރި ތަނެކެވެ. ރަށް ކުރިން ބޮޑު ވެދާނެކަން ދައްކައިދޭ އެއް ކަމަކީ ވަށައިގެން ވާ ފަޅުގެ ބޮޑުކަމެވެ. ގިރާވަރަކީ މާލެ އަތޮޅު އުތުރު ބުރީގެ ހުޅަނގު ބިތުގައި ވާ ބޮޑު ފަޅެއްގައި އޮންނަ ރަށެކެވެ.
ގިރާވަރަށް އެ ނަން ކީފައިވަނީ "ގިރާ،" މި ބަހުން ކަމަށް ބެލެއެވެ. 1960 ގެ އަހަރުތަކުގެ ތެރޭގައި ގިރާވަރުން މީހުން ބަދަލުކުރި އިރުވެސް އެއީ ވަރަށް ބޮޑަށް ގިރަމުންދިޔަ ރަށެކެވެ.
މާލެއާ އެހާ ކައިރީގައި އޮތް ރަށަކާ ބަލާފައި ގިރާވަރު ބަސް ވަރަށް ތަފާތެވެ. އެ ރަށުގައި ރަސްމީ ދިވެހިބަހުގައި ނުހުންނަ ލަފްޒުތަކާއި އަކުރުތައް ހުރެއެވެ. މިސާލަކަށް "ޅ"ގެ ބަދަލުގައި އެމީހުން ބޭނުންކުރަނީ "ރ"އެވެ. ފޮޅިއަށް ކީ ފޮރިއެވެ.
20 ވަނަ ޤަރުނުގެ ފަހުކޮޅުގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ %18 އަކީ ތެލަސީމިއާ ކެރިއަރުންނެވެ. އެހެނަސް ގިރާވަރު މީހުންގެ ތެރޭގައި ކެރިއަރ ނިސްބަތް އުޅެނީ ގާތްގަނޑަކަށް 0 ގައެވެ. މިއިން ދައްކަނީ ގިރާވަރު މީހުންނަކީ ޖެނެޓިކް ގޮތުން ތަފާތު ބައެއް ކަމެވެ. އަދި ޤަރުނުތަކުގެ ތެރޭގައި އެ ތަފާތު ދެމެހެއްޓިފައިވާ ކަމެވެ. މިކަމަށް ހެކިދޭ އަނެއްކަމަކީ އުމުރުން ދޮށި ވީމާ ބޮލުން އިސްތަށި ވެރި ފިރިހެނުން ތަލަވާގޮތަށް އަންހެނުން ވެސް ތަލަވާކަމެވެ.
ގިރާވަރު މީހުންނަކީ އެހެން ދިވެހީންނާ ވަރަށް ތަފާތު ބަޔެކެވެ. އެމީހުން މާލެ ފިޔަވައި އެހެން ރަށަކަށް ދަތުރެއް ނުކުރެއެވެ. ރަށުން ބޭރު މީހުންނާ ކައިވެންޏެއް ނުކުރެއެވެ. އެމީހުން ވަރިއެއް ނުކުރެއެވެ. ހުވަފަތް އަންހެނުންނަށް އަލުން ކައިވެނި ނުކުރެވެއެވެ. މިއީ އެމީހުންގެ މެދުގައި ބަލައިގެންފައި އޮތް ގަބޫލުކުރުމެވެ. އަންހެނުން ބޮލުގައި ހުޅިޖަހަނީ ވައަތް ފަރާތުގައެވެ. (އެހެން ދިވެހި އަންހެނުން ހުޅިޖަހަނީ ކަނައަތް ފަރާތުގައެވެ.) ގިރާވަރު މީހުން ގަހަނާގެ ގޮތުގައި ގެންގުޅޭ ނޫކުލައިގެ މިނާ ފުއްތަކާއި ރިހި އުޅާ ވެސް ތަފާތެވެ. ގިރާވަރު މީހުންނަކީ އަވައްޓެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރި ބަޔެކެވެ. މާލެއިން ލިބޭ ހުރިހާ އެހީއެއް އެންމެންނަށް ހަމައަށް ބަހަނީއެވެ.
ގިރާވަރުގެ ރަށް ވެރިއަކަށް އަބަދުވެސް ހުންނަނީ އަންހެނެކެވެ. ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި އަންހެން ވެރިއަކު ނުހުރެއެވެ. ގިރާވަރު ބަހުގައި އާދެ ވަޑައިގެންނެވުން ކިޔުމެއް ނޯވެއެވެ. އެމީހުން މާލޭ ބޭފުޅުންނަށް ވެސް މުޚާތަބުކުރަނީ އާދައިގެ ބަހުރުވައިންނެވެ. ގިރާވަރު ނޫން އެހެން މީހުންނަށް އެއީ ވަރަށް ބޮޑު ކުށެކެވެ.
ތާޜިޚީ ފުލޯކު ވާހަކަތަކަށް ބަލާއިރު ގިރާވަރު މީހުންނަކީ ޚާއްސަ ބައެކެވެ. ބުނެވޭގޮތުން މާލޭގައި މީހުން ވަޒަންވެރި ވުމުގެ ކުރިން އެ ރަށަކީ ގިރާވަރު މީހުން ބަލަހައްޓަމުން އައި ކުޑަ ރަށެކެވެ. އެ ރަށަށް އެމީހުން މާލެއޭ ކިޔައިފައިވަނީ ލެޔަށް ނިސްބަތް ކޮށްފައެވެ. މާލޭގައި މީހުން ވަޒަންވެރިވީ ގިރާވަރު މީހުންގެ ހުއްދަ ހޯދައިގެންނެވެ. މާލޭގައި ތިއްބަވާ ރަސްރަސްކަލުން އަބަދުވެސް ގިރާވަރު މީހުންނަށް ޚާއްސަ އިމްތިޔާޒުތަކެއް ދެއްވާފައި ވެއެވެ.
ގިރާވަރު އަންހެނުންގެ ހެދުމަކީ ތިރިން އަންނަ ރޫނެގި އަންނަ އެއްޗަކާއި މަތިންލާ ކުރު ހެދުމެކެވެ. ކަރުގެ ކައިރީގައި ހުދު ރޮނގުތަކެއް ފަހާފައި ހުރެއެވެ. އަތު ކުރީގައި ވެސް ހުދު ރޮނގެއް ހުރެއެވެ. ހެދުން ފުރިހަމަވަނީ ނޫ މިނާފުއް ލީ ފަށެއް ކަރުގައި އެޅީމައެވެ. އަދި އަތުކުރީގައި އުޅާ އެޅީމައެވެ.
ގިރާވަރު މީހުން އުޅެމުން އައީ ވަރަށް ފަޤީރު ނިކަމެތި ދިރިއުޅުމެކެވެ. އެމީހުން މަހަށް ގޮސް އުޅުނެވެ. ނަމަވެސް ހިއްކައިގެން މާލެއަށް ގެންނަ މަސްކޮޅު ނުއަގުގައި ގަންނަނީ އޭރު މާލޭގައި އުޅުނު ވޯރާ ވިޔަފާރި ވެރިންނެވެ. ގިރާވަރު މީހުންނަށް އިތުރު އާމްދަނީއެއް ލިބެނީ އެ ރަށުގައި ހެދޭ ކުއްޅަވައް މާލެއަށް ވިއްކައިގެންނާއި ތާރަޖަހާތަން ބައްލަވަން މާލެއިން ވަޑައިގަންނަވާ ބޭފުޅުން ދެއްވާ ހަދިޔާއިންނެވެ.
1922 ގައި އެޗް.ސީ.ޕީ. ބެލް ލިޔުއްވި ގޮތުން އެއިރު ގިރާވަރުގައި އުޅުނީ 150 މީހުންނެވެ. އެމީހުން ތިބެނީ ރަށްވެރިޔާގެ ފުރިހަމަ ބާރުގެ ދަށުގައެވެ. އެމީހުންނަކަށް ދެ އަނތްބަށް މީހުންނާ ނީނދެވެއެވެ. ހުވަފަތް އަންހެނުންނަށް މިހުންނަކާ ނީނދެވެއެވެ. މާލެއަށް މަސް ވިއްކަން އަންނަ އައުން ފިޔަވައި އެމީހުންނަށް ބޭރު މީހުންނާ މުއާމަލާތެއް ނުކުރެވެއެވެ.
ގިރާވަރަކީ ވަރަށް ބޮޑަށް ގިރާރަށެކެވެ. އަދި ފެންވެސް ލޮނު ރަށެކެވެ. ބޯފެން ބޭނުން ވީމާ ކޮންމެފަހަރަކު ވަގުތީ ވަޅެއް ކޮނެފައި އެންމެ މަތީގައި އޮންނަ މީރު ފެން ފަށަލަ ނަގަނީއެވެ. އެރަށުގައި އެކަށީގެންވާ ވަރަށް ކުއްޅަވައް ހެދެއެވެ. ކުއްޅަވައް ވިއްކަނީ މާލެއަށް އަންނަ ދަތުރުތަކުގައެވެ. ގިރާވަރު މީހުން ބާނާ މަސް ވެސް ވިއްކަނީ މާލެއަށެވެ. ވޯރާ ވިޔަފާރިވެރިން ތިބި އިރު އެމީހުންނަށެވެ. މި ވިޔަފާރި ހިންގީ ބާރޓަރ ނުވަތަ ތަކެއްޗާއި ތަކެތި ބަދަލު ކުރާ އުސޫލުންނެވެ. ގިރާވަރު މީހުންނަށް ފާއިސާގެ ބޭނުމެއް ނުކުރެވެއެވެ. އެއީ ރަށުގައި ފިހާރައެއް ނުހުންނާތީއެވެ. ގިރާވަރު މީހުންނާ ވިޔަފާރި ކޮށްގެން ބުމްބައި މީހުން ނާޖާއިޒު ފާއިދާ ވަރަށް ނެގިއެވެ.
މި ދަތިހާލުގައި ގިރާވަރު މީހުން އުޅޭތީ އެމީހުންނަށް އެއަށްވުރެ ރަނގަޅު ގޮތެއް ހޯދައި ދެއްވުމުގެ ގޮތުން 1960 އިގެ އަހަރުތަކުގެ ތެރޭގައި އޭރުގެ ވަޒީރުލް އަޢުޡަމް އިބުރާހީމް ނާސިރު އެމީހުން އެހެން ރަށަކަށް ބަދަލުކުރައްވަން ގަސްދުކުރެއްވިއެވެ. ގިރާވަރު މީހުން ފުރަތަމަ ބަދަލުކުރެއްވީ ހުޅުލެއަށެވެ. ބަދަލު ކުރަން ފެށުނީ 1968 ގައެވެ. އެއީ ހުކުރު ހަމަ ނުވާ ރަށް ރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރުމުގެ ސިޔާސަތާ ގުޅުވައިގެންނެވެ. ހަޤީޤަތުގައި ގިރާވަރުގައި އޭރުވެސް ހުކުރު ކުރެވެއެވެ. ހުކުރު ހަމަ ނުވާ އިރެއް އައިކަމެއް އެނގޭކަށް ނެތެވެ.
ހުޅުލޭގައި އިބުރާހީމް ނާސިރު ގިރާވަރު މީހުންނަށް "ވިލެޖެއް" ހައްދަވައިދެއްވިއެވެ. އެއީ އެމީހުން، އެމީހުންގެ ރަށުގައި ވެސް އުޅެމުން އައީ ވިލެޖެއްގައި ކަމަށް ވީތީއެވެ. ގިރާވަރުގެ ވިލެޖް ހުރީ ފަންފުޅަފަކުން ވަށައި ބަންދު ކޮށްފައެވެ. ވިލެޖް ތެރެއަށް ބޭރު މިހަކަށް ވަދެވޭނީ، އަދި ވިލެޖް މިހަކަށް ބޭރަށް ނުކުމެވޭނީ ރަށްވެރިޔާގެ ޚާއްޞަ ހުއްދައެއް ލިބިގެންނެވެ.
ނާސިރު ހުޅުލޭގައި ހެއްދެވި ވިލެޖްގައި އާއިލާތަކަށް ވަކި ގޭގެ އަޅުއްވައި އެ ގޭގެއަށް ބޭނުންވާ ފަރުނީޗަރާއި ތެލި ތަށި ފަދަ ތަކެތި ހަމަކޮށް ދެއްވިއެވެ. މި ހުރިހާ ކަމެއް ކޮށްދެއްވާފައި އެ ތަނަށް ބަދަލުވާން އެންގެވުމުން ވެސް އެއީ ގިރާވަރު މީހުން ރުހޭ ކަމަކަށް ނުވިއެވެ. އެ މީހުން ބުނީ "ކަރުބޮޑު ބެ އެންގިއަސް އަހަރެމެން އަހަރެމެންގެ ގެ ރަށް ދޫނުކުރާނަމޭ" އެވެ. އެންމެ ފަހުން އެ މީހުން ބަދަލުކުރެވުނީ ސިފައިން ބޭނުންކުރައްވައިގެންނެވެ. ހުޅުލެއަށް ބަދަލުވީ ފަހުން ވެސް އެމީހުންގެ އާދަކާދަތަކެއް ދުލެއް ނުކުރެއެވެ.
ގިރާވަރު މީހުން ވިލިގިއްޔަށް ބަދަލުކުރި އިރުވެސް އެ ރަށުގައި އެހެން ރަށްރަށު މީހުން ދިރިއުޅެމުން ދިޔައެވެ. އެއީ ހުޅުލޭގެ އަސްލު މީހުންނާއި މާލެ އަތޮޅު ވިލިނގިލީ މީހުންނާއި ހުވަދުއަތޮޅު ތިނަދޫ މީހުންނެވެ. ގިރާވަރު މީހުން އުޅުނީ އެ މީސްމީހުންނާ ވަކިންނެވެ. އެހެން ކަމުން އެމީހުންގެ ޘަޤާފަތަކަށް ބަދަލެއް ނާދެއެވެ. ބަދަލު އައީ 1978 ގައި އެމީހުން މާލެއަށް ބަދަލު ކުރެއްވިފަހުންނެވެ.
ފަހުން 1968 ގައި ހުޅުލޭ އެއާޕޯޓް ހަދަން ވެގެން ގިރާވަރު މީހުން މާލެއަށް ބަދަލުކުރެއްވީއެވެ. އަދި ކޮންމެ އާއިލާއަކަށް މާފަންނު ކޮޅުން ގޯއްޗެއް ދެއްވައި ގެއެއް އަޅުއްވައި ދެއްވީއެވެ. އެހާ ހިސާބުން "ކަރުބޮޑު ބެ" "ބޮޑުބެ"އަށް ބަދަލުވީއެވެ.
މާލެއަށް ބަދަލުވީ ފަހުން ވެސް ފުރަތަމަ ކޮޅުގައި ގިރާވަރު މީހުން އުޅުނީ އެއް ހިސާބެއްގައި އެކީގައެވެ. ނަމަވެސް މިހާރު އެމީހުން ވަނީ އެހެން މީހުންނާ މަސްހުނި ވެފައެވެ. މިހާރު ގިރާވަރު މީހުން ފާހަގައެއް ނުވެއެވެ.
ފޮޓޯތައް:
=====
1. ގިރާވަރު މީހެއް. ފޮޓޯ ކްރެޑިޓް: މޯލްޑިވްސްރޯޔަލްފެމިލީ.ކޮމް
2. ގިރާވަރު އަންހެނެއްގެ ކުރެހުމެއް. ފޮޓޯ ކްރެޑިޓް:ޝިމާނީ ޝަރީފް/ފޭސްބުކް
3. ގިރާވަރު އަންހެނެއް މާލޭގައި. ފޮޓޯ ކްރެޑިޓް: މައުލޫފް އަހުމަދު
4. ގިރާވަރު މިހާރު އޮތްގޮތް. ފޮޓޯ ކްރެޑިޓް: ގޫގްލް އަރތު
Sources:
Majeed Abdul Wahhaab (2021) “An indigenous people Wiped Out,” www.maldivesroyalfamily.com
Xavier Romero-Frias (2003) “The Maldive Islanders, A Study of the Popular Culture of an Ancient Ocean Kingdom
Mauloof Ahmed (2018) “The Giraavaru People,” my online journal
Dhivehi Bavana (…) “Giraavaru meehunge thaareekhun kuda thankolheh,” Dhivehi bhavana @tumbler

***********
އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.