ހަސަބާއި ނަސަބުން ތަފާތުކުރުމަކީ ދުނިޔޭގައި އޮތް ކަމެކެވެ. މިގޮތުން މިރާއްޖޭގައިވެސް މިކަން އޮތެވެ. މިކަން ނިމުމުގެ ފެށުމަކީ މީގެ 58 އަހަރުކުރިން މިޖުމުހޫރިއްޔަތު ފެށުމެވެ. އެފެށުނު ފެށުން މިއަދު މިވަނީ ފުރިހަމަވެފައެވެ. ވަކި ނަސްލަކުން ނަސަބަކުން އަޔަތީ ވަކި ކަންކަމެއް ލިބުން ޚާއްޞަވެގެން ނުވުމެވެ. ދިވެހިރާއްޖޭގެ ނަސްލީ އިމުތިޔާޒުގެ މިސާލަކަށް އެންމެ ފަހުން ރަސްކަން ކުރި ހުރަވީ ދަރިކޮޅުގެ ރަސްކަމުގެ ޒަމާނުގެ މިސާލެއް ފާހަގަކޮށްލަމާތޯއެވެ!
ހުރަވީންގެ ވެރިކަމުގެ ދުވަސްވަރު- ސުލްޠާން ޣިޔާޘުއްދީން ރަދުންގެ ރަސްކަން އިންގިލާބުކޮށް ހުރަވީން ވެރިކަން ފެށިހިސާބުން، ރައީސް މުހައްމަދު އަމީނުލް ހުރަވީގެ ޖުމުހޫރިއްޔާ ނިމުމާއި ހަމަޔަށް، (1767 - 1953)، 200 ވަރަކަށް އަހަރުގައި ދިވެހިރާއްޖޭގެ މީސްތަކުން ދަރަަޖަކުރިގޮތް:
1 - އާދެވަޑައިގަތުން:
- ހުރަވީ ރަސްދަރިކޮޅު
- ދިޔަމިގިލި ރަސްދަރިކޮޅު
- ކިލެގެއިންގެ ދަރިކޮޅު
2 - ލައްބަދުރުވުން:
- ހުރަވީ ރަސްދަރިކޮޅާއި ދިޔަމިގިލި ރަސްދަރިކޮޅު ނޫން އެހެނިހެން ރަސްދަރިކޮޅުތައް
- (ހިލާލީ / އިސްދޫ)
- ފަނޑިޔާރު ބޭކަލުން އަދި ދަންނަބޭކަލުންގެ ދަރިކޮޅުތައް
- ތަކުރު، މަނިކު / މަނިކެ، ތުއްތު، ފުޅު މިނަންނަމުން މުޚާތަބުކުރެވޭ ބޭކަލުން / ކަނބަލުން އަދި ދަރިކޮޅުތައް
- ރަށްރަށުގެ ވެރިންގެ ދަރިކޮޅުތައް
3 - އާނ ހޫނ
- ބޭފުޅުން ބޭކަލުން ކަނބަލުން ނޫން އެންމެން އާންމު މީސްތަކުން
މީގެ 73 އަހަރުކުރިން ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔަތުގައި ރަަސްކަމުގެ ޒަމާނެކޭ އެއްފަދައިން ނަސްލީ އިމުތިޔާޒު އޮތެވެ. އޭގެ މިސާލެވެ!
މަތީ މަގާމަކުން ބޭފުޅަކަށް ނުވާކަމުގެ މިސާލު
- 1953 ފުރަތަމަ ޖުމުހޫރިއްޔާ ރައްޔިތުންގެ ގެ (Parliament)ގެ ރައީސް ދުރުވުން
- ނައިބު ރައީސް ވަޑައިގަތުން
- މަޖިލީހުގެ ރައީސް ދުރުވުމުގެ ސަބަބަކީ ބޭފުޅަކަށް ނުވުމެވެ! ނައިބު ރައީސް ވަޑައިގަންނަވަނީ ބޭފުޅަކަށް ވާތީއެވެ! ނަން ނުލިޔެވެސް ރަސްމީ ލިޔުންތަކުގައި ހުރީ ރައީސް ދުރުވުމެވެ! ނައިބު ރައީސް ވަޑައިގަތުމެވެ! ރައީސަކީ އައްޝައިޚް މަލިމް މޫސާ މާފަތް ކަލޭފާނެވެ. ނައިބު ރައީސަކީ އަންނަބީލު ޙަސަން ޢަލީ ދީދީ އެވެ.
މިޖުމުހޫރިއްޔަތު ފެށުނުއިރު ދީނާއި ދުނިޔޭގެ ކަންކަމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިގެންއައެވެ. އެއީ؛
- އާންމު ރައްޔިތުން މިސްކިތުގެ ކުރީސަފަށް، ސަވާބު ބޮޑުސަފަށް އެރުމުގެ މިނިވަންކަން
- އާންމުރައްޔިތުން ފަޔަށް ކަށިހެރުމުން ސަލާމަތްވުމަށް ފައިވާނަށް އެރުމުގެ މިނިވަންކަން
- އާންމު ރައްޔިތުން އަތްވާއި ވާރެއިން ހިޔާވުމަށް ކުޑަނެގުމުގެ މިނިވަންކަން، މިފަދަ މިނިވަންކަމެވެ! ދިވެހި އާންމު ރައްޔިތުންނަށް އެއިގެ ކުރިން މިކަންކަމުގެ މިނިވަންކަމެއް އާންމުކޮށް ލިބިގެން ނުވެއެވެ.
ވީމާ، ދިވެހި ބަހުގެ ދަރަޖަތަކުގެ ތެރެއިން ލައްބަދުރުވުމުގެ ދަރަޖައަކީ މިއަދު ބޭނުން ދަރަޖައެއް ނޫނެވެ. އާދެވަޑައިގަތުމުގެ ދަރަޖަ އެންމެންނަށް ރިވެތި ބަހުން ވާހަކަދެއްކުމުގައި ބޭނުންކުރުން މުހިންމެވެ! އާންމު ބަހުރުވައިން އާނހޫނ އެވެ. ލައްބަދުރުވުމުގެ ދަރަޖަ ބޭނުންކުރުމަކީ ތަފާތުކުރުމެއް ނޫންތޯއެވެ!
މުޙަައްމަދު ޝާޠިރު
ކޮލަމް
ކޮލަމް
ކޮލަމް
ކޮލަމް
ކުންފުންޏެއްގެ ޑީއެމްޑީ އައްޔަން ކޮށްފި. އެހެން ކުންފުންޏެއްގެ ޑީ.އެމްޑީ ވަކިކުރައްވައިފި. ވަޓް އިޒް ދިސް
ޞައްދާމު - 2 މަސް ކުރިން
ޝާތިރު ތާރީޚުގެ ކަންކަން އޮޅުންފިލުވައިދެއްވާށެވެ. ބަހުގެ ކަންތައްތަކާ އުޅުއްވާނެކަމެއް ނެތެވެ. އެއީ ޝާތިރުގެ ދާއިރާއެއް ނޫނެވެ.
އަޖާއިބުގެ ޖަވާބު - 2 މަސް ކުރިން
ނިގޫބުރި ހިޔަޅު ބުނިހެން، ހުރިހާ ހިޔަޅެއްގެ ނިގޫ ބުރިކުރާކަށް އަޅުގަނޑު އެއްބަހެއް ނުވާނަން.
ބަޗީ - 2 މަސް ކުރިން