ވައިޒާ ވެކްސިން މިވަގުތު ހުރީ ހުސްވެފައި ކަމަށާއި ލިބޭނއ އިރެއް އަދި ނޭނގޭ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި މާބަނޑު މީހުންނަށް ދެމުން އަންނަނީ ފައިޒާ ވެކްސިން ކަމަށެވެ. ނަމަވެސް މިވަގުތު ފައިޒާ ވެކްސިން ހުސްވެފައިވާ ކަމަށް ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު މާބަނޑުވި މީހުންނަށްވެސް ފައިޒާއިން ދެެވަނަ ޑޯޒް ޖެހޭނެ ކަމަށް މޯލްޑިވިއަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ.
"ރާއްޖޭގައި މާބަނޑު މީހުންނަށް ދެނީ ފައިޒާ ވެކްސިން އެކަނި. ނަމަވެސް މި މަސްތެރޭގައި ވަރަށް ފަހުން މޯލްޑިވިއަން ޓެކްނިކަލް ގްރޫޕުން ވަނީ ނިންމާފައި މިސާލަކަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައި އޭގެ ފަހުން މާބަނޑުވެފައިވާ މީހުންނަށްވެސް ފައިޒާ ދެވޭނެ ކަމަށް. ނަމަވެސް އަޅުގަނޑުމެން އަތަކު މިވަގުތަކު ފައިޒާއެއް ނެތް. ލިބުނުހާ އަވަހަށް އެނައުންސް ކުރާނަން" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ކޮވިޑުގެ ރާޅުތަކުން އަރައިގެނެވުނީ ގިނަ ބަޔަކު ވެކްސިން ޖަހާފައިވާތީ ކަމަށާއި އެހެންކަމުން ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރާއްޖޭގައި 18 އަހަރުން ދަށުގެ ކުދިންނަށް ޖެހޭނެ ވެކްސިނެއް ނެތްއިރު 18 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޖެހޭނެ ވެކްސިނެއް ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.
ފައިޒާ ވެކްސިން
ފައިޒާ ވެކްސިން