ފައިޒާއިން އުފެއްދި ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ އަޕްޑޭޓަށް އިނގިރޭސި ވިލާތުން ހުއްދަ ދީފިއެވެ.
އިނގިރޭސި ވިލާތުގެ ދަ މެޑިސިންސް އެންޑް ހެލްތްކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން ވަނީ ފައިޒާގެ އެ ވެކްސިން ކޮވިޑްގެ އާ ވޭރިއަންޓަށް ބޭނުންކުރަން ނިންމައިފައެވެ. އެ ވެކްސިން ދޭނީ އެ ގައުމުގެ އުމުރުން ހަ އަހަރުން މަތީގެ މީހުންނަށެވެ.
އިނގިރޭސި ވިލާތުން ވަނީ ފައިޒާގެ ޑިސްޓްރިބިއުޓަރު، ޖަރުމަނުގެ ބަޔޯއެންޓެކް މެދުވެރިކޮށް އެ ގައުމަށް ފައިޒާގެ އާ އަޕްޑޭޓް ޑިސްޓްރިބިއުޓް ކުރުމަށްވެސް ނިންމައިފައެވެ.
ފައިޒާގެ އިތުރުން ކޮވިޑްގެ އާ ވޭރިއަންޓަށް ނޮވާވަކްސްއިންވެސް ވެކްސިނެއް ވަނީ އުފައްދައިފައެވެ. އަދި ކަމާބެހޭ އިދާރާތަކުން ހުއްދަ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކުން ކޮވިޑްގެ އާ ވޭރިއަންޓް ފެނި ގިނަ އަދަދެއްގެ ބަޔަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ