މިއަހަރުވެސް މާލޭގައި ބޮޑު ޖަމާއަތުގައި އަލްހާ އީދު ނަމާދު ނުކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު "ވަން" އަށް ބުނީ މިއަހަރުވެސް މާލޭގައި ބޮޑު ޖަމާއަތުގައި އަލްހާ އީދު ނަމާދު ނުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގައި ގައިދުރުކޮށްގެން ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށް ބުންޏެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުވެސް މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުރެއެވެ. އަދި މިއަހަރުގެ ކުޑަ އީދު ދުވަހުވެސް ބޮޑު ޖަމާއަތުގައި ނަމާދުކޮށްފައެއް ނުވެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ހާލަތު ގޯސްވެ، ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށްފަހުން، އަލުން ޖަމާއަތް ހަދަން ހުއްދަދީފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަދީފައި ވަނީ ގައިދުރުކޮށް ތިބެގެންނެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އަލްހާ އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު