މާލޭގެ މިސްކިތެއްގެ ފާހާނައިގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަން އުޅުނު މީހަކު ފުލުހުންނާ ހަވާލުކޮށްފި އެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، މިސްކިތުގެ ފާހާނާގައި މަސްތުވާން އުޅުނު ކަމަށް ބުނާ މީހާ، އާންމުންގެ ބަޔަކު ވަނީ އެތަނުން ނެރެ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ސެލޯފިން ކޮތަޅުތަކަކާއެކު 24 އަހަރުގެ ދިވެހި ފިރިހެނެއް މާލޭ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ފަހަކަށް އައިސް މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ރައްކާ ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން ޖަލާލުލިއްދީން މިސްކިތުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔަ ބަޔަކުވެސް މިރޭ ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެެވެ.
ޚަބަރު
ޚަބަރު
ޚަބަރު