ރައްޔިތުންގެ މަޖިލިސް މިއަދު ބަދަލުވެގެން އެ ދަނީ، ޑިފެންސް މިނިސްޓްރީގެ ފެންޑާއަށް މީހުން ހާޒިރުކޮށް، ހުކުމް ކުރި މާޒީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ، ބައެއް މައްސަލަތަކުގެ ތަހުގީގު މަޖިލީހުން ކުރިއަށް ގެންދާ ގޮތަށް އަމާޒު ކޮށްގެންނެވެ.
އެކަމާ ގުޅިގެން މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާޒީގައި ވެރިކަން ކުރި މީހުން އެމީހުންގެ ވެރިކަމާއި ބާރު ދަމަހައްޓަންވީމަ ޑިފެންސު ފެންޑާއަށް ރައްޔިތުމީހާ ހާޒިރުކޮށް ހުކުމް ކުރާ ކަމަށެވެ.
"ޑިފެންސް މިނިސްޓްރީގެ ވަކީލު އެހިސާބުން އެމީހަކު ގޮޅިއަށްލައި އަނިޔާކޮށް މެރީ، މަޖިލިސް މިއަދު ތި ބަދަލުވަނީ އެ މާޒީއަށް،" މޫސަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި، ކުރިއަށް ގެންދަނީ، ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން، އެމަނިކުފާނަށް ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީގެ މަސައްކަތްތަކެވެ.
އެ މަސައްކަތުގެ ދަށުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފުލުހުންގެ ބައެއް އިސް ބޭފުޅުން އިއްޔެ ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ގައުމީ ސަލާމަތީ ބާރުތަކުގައި ހިމެނޭ އެމްއެންޑީއެފްގެ ބޭފުޅުންވެސް އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރީކޯ މޫސާ މަނިކް
ރީކޯ މޫސާ މަނިކް
ރީކޯ މޫސާ މަނިކް