ރިޔާސީ ކެންޑިޑޭޓުކަމަކީ ވަކި ބައެއްގެ ހައްގެއްގެ ގޮތުގައި އޮތް ޒަމާން ބަދަލުވެއްޖެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ލިބޭގޮތް ނުވުމުގެ ސަބަބުން، އެކަމުގެ ހިތްހަމަނުޖެހުމުގައި ނަޝީދު މިރޭގެ ޖަލްސާއަށް ވަޑައިގެންފައެއް ނުވެއެވެ.
ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ނަޝީދަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން ވެސް ވަނީ މިރޭގެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަފޯ) އިސްތިއުފާދެއްވުމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އެކަމާ ގުޅިގެން އެކްސްގައި ރީކޯ ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ އެމްޑީޕީއަކީ ކުރީގެ ގިނަ ހިންގުންތެރިން ތިބި ޕާޓީއެއް ކަމަށްވާތީ، ކުރީގެ ޗެއާޕާސަނާއި ކުރީގެ ރައީސުން ޕޯޑިއަމްއަށް އަރުވައިގެން ވާހަދައްކައި ނިމޭއިރު ހުންނާނީ އިރުއަރާފައި ކަމަށެވެ.
"އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކުޑަކޮށް ހިތްހަމަނުޖެހުން ހިނގައިފި. އެމްޑީޕީގެ ޕޯޑިއަމް އާއި ރިޔާސީ ކެންޑިޑޭޓުކަމަކީ ވަކި ބައެއްގެ ހައްގެއްގެ ގޮތުގައި އޮތް ޒަމާން ބަދަލުވެއްޖެ،" އޭނާ ވިދާޅުވިއެވެ.
ރީކޯ ވިދާޅުވީ މިއަދުގެ އަމާޒަކީ ހިތްވަރުގަދަ މޭޔަރުންނާއި ކައުންސިލަރުންނާއި ޑަބްލިޔުޑީސީ ކާމިޔާބުކުރެއްވި އެމްޑީޕީގެ ޒުވާން ޓީމު ކަމަށާއި ކުރިއަށް ވެސް އޮތީ އެމްޑީޕީގެ އާންމު މެމްބަރުންގެ ލޯބި ހޯދައިގެން ހާސިލުކުރެވޭނެ ލަނޑުދަނޑި ކަމަށެވެ. އަދި ވަގުތީ ޗެއާޕާސަނެއްގެ ގޮތުގައި ހުންނަވައިގެން ގަފޫރު ކުރެއްވި މަސައްކަތުގެ ހެޔޮ ނަތީޖާ ވަރަށްވެސް ފުރިހަމަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ވާހަކަދައްކަވައިފައެއް ނުވެއެވެ. ޖަލްސާގައި ވާހަކަދައްކަވާފައިވަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ގަފޫރާއި މޭޔަރުންނާއި އެކިއެކި ކައުންސިލުތަކަށް ހޮވުނު ބައެއް މެންބަރުންނެވެ.
ރީކޯ މޫސާ މަނިކް
ރީކޯ މޫސާ މަނިކް
ރީކޯ މޫސާ މަނިކް
ނަޝީދާ ހިތާވެގެން އުޅޭ ރާކޯއަށް ދުވަހަކު ވެސް ނަޝީދާ ހަމަޔަކަށް ނޑެވޭނެ.
ާސަމާ - 2 މަސް ކުރިން
ނަޝީދާ ޖައްސާލައިގެން ރާކޯއަކަށް ނޫޅެވޭނެ. މިރޭ ކަލޭ ވެއްޓޭނެ.
ސައްލި - 2 މަސް ކުރިން
ނަޝީދު ތިޔައީ ފާރޓީގެ ހަލާކު، ގައުމުގެ ހަލާކު، ދީނުގެ ހަލާކު، ގާތް ނުކުރާތި! ބޭރުކުރޭ! އަހަރުމެންނަށް ލަނޑުދިން ހަދާން ނުނެތޭ!
އަލިބެ - 3 މަސް ކުރިން