ކޮވިޑުގެ ހާލަތަށް އެހީވުމަށް ޖޫން މަސް ނިމޭހާ ތާނގައި 100 ނަރުހުންނާއި 40 ޑޮކްޓަރުން ބޭރުން ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ ވަސީލަތް މަދުވުން ކަމަށެވެ. އެގޮތުން ކޮވިޑުގެ ހާލަތަށް އެހީވުމަށް އަންނަ މަހުގެ ތެރޭގައި ބޭރުގެ 100 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރީން ރާއްޖެ ގެނެވޭވަރުވާނެ ކަމަށް ވިދާޅުވިއެވެ.
"އަންނަ މަސް ނިމޭހާ ތާނގައި 100 ނަރުހުންނާއި 40 ޑޮކްޓަރުން ރާއްޖެއަށް އިރާދަކުރެއްވިއްޔާ ލިބޭނެ،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ގެންނަ ބޭރުގެ ސިއްހީ ހިދުމަތްތެރީންނާ ގުޅޭ ތަފްސީލުތައް ދެއްވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އެއް ގައުމަކުން ސިއްހީ ހިދުމަތްތެރީން ނުގެނެސް އެކި ގައުމުތަކުން ސިއްހީ ހިދުމަތްތެރީން ރާއްޖެއަށް ގެނައުން ކަމަށާއި އެކަމުގެ ފައިދާވެސް ބޮޑު ކަމަށެވެ. އެގޮތުން މިހާރުވެސް ބައެއް މީހުންނާ އިންޓަވިއުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިވަގުތު ތިބީ 804 ޑޮކްޓަރުންނާ 2،279 ނަރުހުންނެވެ. އޭގެ ތެރެއިން 45 އިންސައްތަ ހާއްސަކޮށްފައިވަނީ ކޮވިޑުގެ އޮޕަރޭޝަނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު