އެންވަޔަރަންމެންޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އައިމިނަތު ޝައުނާއަަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސް ކޮށްފިއެވެ.
ޝައުނާއަށް ރުހުން ދޭން ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީގެ ނަން ބަދަލުކޮށް އެ މިނިސްޓްރީގެ ވަޒީރު ކަމަށް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާ ހަމަޖެއްސެވީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަން، އެދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ބަދަލު ކުރައްވައިފައެވެ.
އެ ބަދަލާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ކުރަމުން އައި އެންމެހައި މަސައްކަތްތައް ކުރަމުން ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީންނެވެ.
އެ މަސައްކަތްތައް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގައި ތިބި މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ވަނީ ބަދަލު ކޮށްފައެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ގެންނެވި މި ބަދަލާއެކު، ހުސްވި ފިޝަރީސް މިނިސްޓަރު ކަމުގެ މަގާމަށް، އައްޔަން ކުރެއްވީ ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.
އާމިނަތު ޝައުނާ، މިނިސްޓާ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭން އެންޑް ޓ
އާމިނަތު ޝައުނާ، މިނިސްޓާ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭން އެންޑް ޓ
އާމިނަތު ޝައުނާ، މިނިސްޓާ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭން އެންޑް ޓ
އާމިނަތު ޝައުނާ، މިނިސްޓާ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭން އެންޑް ޓ