ރާއްޖެއިން ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 93 އަކަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނީ ރޭ ދަންވަރު 1:39ގައި ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

މިއީ ފާއިތުވި 24 ގަޑި އިރުތެރޭ މަރުވި ހަ ވަނަ މީހާ އެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން މި ބަލީގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 93 މީހުންގެ ތެރޭގައި ހިމެނެނީ 82 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.