ޚަބަރު

ރައީސް ނަޝީދު އޭޑީކޭއިން ދޫކޮށްލައިފި، އެމަނިކުފާނު ޖަރުމަނަށް ގެންދާ ޖެޓު އެއާޕޯޓުގައި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދާދި ދެންމެ އޭޑީކޭއިން ދޫކޮށްލައިފި އެވެ.

އެ މަނިކުފާނުގެ އާއިލާއިން ކުރީން ބުނެފައިވާ ގޮތުގައި، އޭޑީކޭ ހޮސްޕިޓަލުން މިއަދު އެމަނިކުފާނު ދޫކޮށްލަނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށްޓަކަ އެވެ. އެ ގޮތުން އެމަނިކުފާނު އިތުރު ފަރުވާއަށް ގެންދަން ނިންމާފައި ވަނީ ޖަރުމަނަށް ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

އެއާޕޯޓުގައި ހުރި މީހަކު "ވަން" އަށް މީގެ އިރުކޮޅެއް ކުރީން ބުނީ ރައީސް ނަޝީދު ޖަރުމަނަށް ގެންދިއުމަށް ޓަކައި ޕްރައިވެޓް ޖެޓެއް މި ވަގުތު އެއާޕޯޓުގެ ރަންވޭ މަތީގައި އެބަ އޮތް ކަމަށެވެ

ތަފްސީލު އަންނަނީ