ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރީންނަށް ޓޫރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑު ކޮންޓްރޯކް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓޫރިސްޓު ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ކޮވިޑް އެންމެ ގަދައަށް ފެތުރެމުންދަނީ ދެކުނު އޭޝިއާގެ ގައުމުތަކުގައެވެ. ހާއްސަކޮށް އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯހެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓޫރިސްޓު ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާ އިރު، އެ ގައުމުތަކާއި ސަރަހައްދުތަކުގެ މަސައްކަތްތެރިން ރާއްޖެ އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ.
މާލޭގައި ކޮވިޑުގެ ނަންބަރުތައް އިތުރުވެފައިވާތީ، މާލޭ ސަރަހައްދުގައި މާދަމާ އިން ފެށިގެން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ވަނީ ނިންމައިފައެވެ އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަންވެސް ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު