ހދ. ކުޅުދުއްފުށީ ގެސްޓްހައުސްއެއްގައި ކުޑަކުއްޖަކާއެެކު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ގެސްޓްހައުސްއެއްގައި ކުޑަކުއްޖަކާއެެކު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތު ކުރެވޭ މީހަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކުޅުދުއްފުށީގައި ގްރޫމްކޮށްގެން ކުޑަކުއްޖަކު ގެސްޓްހައުސް އަކަށް ވައްދައި ޖިންސީ އަމަލު ހިންގި މައްސަލާގައި ރައްޔިތުން ވަނީ މުޒާހަރާ ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު