ކޮވިޑަށް ފަރުވާދިނުމަށް 120 އެނދާއެކު ހުޅުމާލޭ ހޮސްޕިޓަލުގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް އިތުރުވެފައިވާތީ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވަކިން ހުންނަ އިމާރާތެއްގައި 120 އެނދުގެ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިއާ ގުޅިގެން އެޗްއެމްއެފްގައި 30 އެނދު އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. އަދި ހުޅުމާލެ ހޮސްޕިޓަލް ޑައުންގްރޭޑްކޮށް ކޮވިޑަށް ފައްސިވާ މީހުންނަށް ފަރުވާދޭ މަރުކަޒެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދޭ." ނާސިރު ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލް ކޮވިޑަށް ފަރުވާދޭ މަރުކަޒަކަށް ބަދަލުކުރި ނަމަވެސް ހޮސްޕިޓަލުން ދެމުން އަންނަ ސީޓީ ސްކޭން، އަލްޓްރާ ސައުންޑް އަދި ލެބޯޓަރީގެ ހިދުމަތްތަކާއި އިމަޖެންސީގެ ހިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެއެވެ.
ނާސިރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ހުރީ ބަލި މީހުންނަށް ފަރުވާދޭ 293 އެނދެވެ. އޭގެ ތެރެއިން 80 އިންސައްތަ ވަނީ ފުރިފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ކޮވިޑް ޖެހިގެން 250 މީހަކަށް އަންނަނީ އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު