ރާއްޖޭގައި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ނިންމައި، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީދު ވިދާޅުވީ ބައެއް މާބަނޑު މީހުން ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދޭން ޖެހިފައިވާ ކަމަށެވެ.
ޝަހީދު ވިދާޅުވީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް އޮފް އިމިނައިޒޭޝަނުން މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމަށް ވަރަށް ފަހުން ނިންމާފައިވާ ކަމަށެވެ.
އެކަން ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށެވެ. އަދި ފައިޒާ ވެކްސިން ހުރީ ވަރަށް މަދު އަދަދަކަށް ކަމަށް ވުމުން، ވެކްސިން ދެވިގެންދާނީ ބޮޑަށް ބައްޔަށް ހުށަހެޅިގެންދާނެ ފަދަ މާބަނޑު އަންހެނުންނަށް ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
ފައިޒާ ވެކްސިން މާބަނޑު މީހުންނަށް ދިނުމަށް ރަނގަޅު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަރަށް ފަހުން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު