ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މިސްކިތްތަކުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވެސް އަމަލުނުކުރާ ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީދު ވިދާޅުވީ މިހާރުވެސް މާސްކު ނާޅާ މީހުން ވަރަށް ގިނައިން ފެންނަމުންދާ ކަމަށާއި ހާއްސަކޮށް ޒުވާނުން މާސްކު ނާޅައި އުޅޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިސްކިތްތަކަށް ޖަމާއަތަަށްދާ ފަރާތްތަކުންވެސް މާސްކު އަޅައިގެން ދިއުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށާއި ނަމަވެސް މާސްކު ނާޅައި ނަމާދަށްދާ މަންޒަރުވެސް ފެންނަ ކަމަށެވެ.

"މިސްކިތްތަކުންވެސް ފެނޭ މާސްކް ނާޅައި ޖަމާއަތުގައި ނަމާދަށް ތިބޭ މީހުން. އެއީ ހަމަ ވަރަށް ދެރަ ކަމެއް،" ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ މުސައްލަ ހިފައިގެން ނަމާދަށް ދިއުމަށާއި މާސްކު އަޅައިގެން ނަމާދަށް ދިއުމަށް މިސްކިތްތަކުންވެސް ނަސޭހަތްތެރިވާ ކަމަށާއި ނަމަވެސް އެކަމަށް އަމަލު ކުރަނީ ވަރަށް ބަޔަކު ކަމަށެވެ.