ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ފުލުހުން ފެއިލް ވެއްޖެތޯ ބަލަން ޕޯސްޓްމޯޓަމެއް ހަދަން ޖެހޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެ ހަމަލާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުގައި ގައުމުގެ ދެވަނައަށް އެންމެ އިސް ވެރިޔާއަށް އެފަދަ ޓެރަރިސްޓް ހަމަލާއެއް ދިން އިރު އެކަމާބެހޭ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިފައިނުވާ މައްސަލައިގައި، ފުލުހުންނާއި ކޮމިޝަނަރު އޮފް ޕޮލިސް ފެއިލްވެފައިވާ ކަމަށް ގަބޫލު ކުރައްވަންތޯ ތަކުރާރުކޮށް ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހަމީދު ވިދާޅުވީ، އެ ހަމަލާއާ ގުޅޭ ގޮތުން ރާއްޖޭން ވެސް އަދި ރާއްޖޭން ބޭރުގެވެސް އެއްވެސް ހަކަލަ އިންޓެލިޖެންސް މައުލޫމާތެއް ފުލުހުންގެ ހިދުމަތަށް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައަކީ ތަހުގީގު ކުރަންޖެހޭ މައްސަލައެއް ކަަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ މައްސަލަ ސަރުކާރުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރައްވާނެ ކަަމަށް ގަބޫލުކުރައްވާ ކަަމަށްވެސް ވިދާޅުވިއެވެ.
"މިހަމަލާ އާ ގުޅިގެން އިންޓެލިޖެންސް މައުލޫމާތު ފުލުހުންގެ ހިދުމަތަކަށް ލިބިފައެއްނެތް. ދެން އިންޓެލިޖެންސް މައުލޫމާތު ނުލިބުނީ ކީއްވެގެންތޯ އާއި ނުހޯދުނީ ކީއްވެގެންތޯ އާއި އެކަންތައްތައް ނުހިނގަނީ ކީއްވެގެންތޯ އާއި އެ ޕޯސްޓްމޯޓަމް ހައްދަވަންޖެހޭ. އެ ފަރާތަކުން ދިވެހި ދައުލަތުގެ ތެރޭގައި ހައްދަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ހަމީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު