ކޮވިޑުގެ އަދަދުތައް އަންނަ މަހު ކޮންމެވެސް ވަރަކަށް ދަށްވާން ފަށާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ފެބްރުއަރީ މަހުން ފެށިގެން ކޮވިޑުގެ ނަންބަރުތައް އިތުރުވަމުންދާ ކަމަށެވެ.
މި ފަހަކަށް އައިސް ކޮވިޑުގެ ނަންބަރުތައް ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. މިއަދު އެކަނިވެސް 700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މިހާރު މި ފެންނަ ކޭސްތަކަކީ ޕްރީ ވެކްސިނޭޝަން ކޭސްތަކެއް ކަމަށާއި އެހެންކަމުން ގިނަ ބަޔަކު ވެކްސިންގެ ޑޯޒް ފުރިހަމަކުރުމުން ކޭސްތައް ދަށަށް ދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް އެއީ މިހާރު މިފެންނަ ނަންބަރުތައް ތިރިވުމުގެ. އެހެންނަމަވެސް މޭ މަހުގެ ނިޔަލަށް އެކަން ނުވެދާނެ. އެހެންނަމަވެސް ޖޫން މަހުގެ ތާނގައި އަޅުގަނޑުމެން އުންމީދު ކުރަން ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވާނެ ކަމަށް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ކޮވިޑުގެ ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. މީގެ އިތުރުން ސަރުކާރުން އަންނަނީ ސިއްހީ ކެޕޭސިޓީ އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު