ކ. ދިއްފުށި ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ ދިއްފުށި ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެއީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ހަށިގަނޑު ދިއްފުށި ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ދިއްފުށީގައި ކަރަންޓީނުގައި ހުރި މީހެކެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ދިއްފުށި އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު