ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ބޭނުންވާ ބިދޭސީއަކު އުޅޭ ވަކިތަނެއް ނޭނގިގެން އޭނާ ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް، ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމް.ޑީ އިދްރީސް (34އ) އަށް އަންގާ ކަމަށެވެ.

އެހެން ކަމުން އެމްޑީ އިދުރީސް މިމަހުގެ 29 ވަނަ ދުވަހު ހެނދުނު 10:00 އަށް، ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް، ހާޒިރުކުރުމަށް އަންގާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.