މާލޭ ސިޓީގެ މޭޔަރުގެ ގޮނޑި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވި އިރު، އަނެއް ތިން ސިޓީގެ މޭޔަރުކަން ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުން ކުރި ހޯއްދަވައިފިއެވެ.
މިހާތަނަށް އިއުލާނުކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު ޑރ. މުއިއްޒުއަށް ވަނީ 9500 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް މިހާތަނަށް ލިބިފައިވަނީ 5623 ވޯޓެވެ. ބައެއް ފޮށިތަކުގެ ނަތީޖާ އަދި ލިބިފައިނުވި ނަމަވެސް ދެން ހުރި ފޮށިތަކުން ވެސް ޖުމްލަ ނަތީޖާއަށް ބަދަލެއް އަތުވެދޭނެ ކަމަކަށް ނުބެލެވެއެވެ.
މާލެ ސިޓީ ފިޔަވައި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. އެއީ އައްޑޫ ސީޓީ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރާއި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިސްމާއިލް ރަފީގުގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް ވާދަކުރާ މުހައްމަދު އާތިފެވެ. އާތިފް ވެގެން ގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ މޭޔަރަށެވެ.
މުޅި ރާއްޖޭގައި މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވޯޓުލުން މިހާރު ނިމިފައިވާ އިރު، ވަގުތީ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު