ޑައުންޕޭމަންޓަކާ ނުލާ ވެސް ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ވަދެވޭނެ ކަމަށާއި އޭރުން ދައްކަން ޖެހޭނީ މަހަކު 7500 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިޔާ ފްލެޓްތަކުގެ އަގުތައް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޑައުންޕޭމަންޓެއް ނުދައްކައި، ކުލި 25 އަހަރަށް ބަހާލާނަމަ މަހަކު ދައްކަން ޖެހޭނީ 7،500 ރުފިޔާ ކަމަށެވެ. އަދި ޑައުންޕޭމަންޓް ދައްކަން ބޭނުންވާ މީހުންނަށް ދެ ގޮތެއް ދިނުމަށް ސަރުކާރާއި އެޗްޑީސީން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ޑައުންޕޭމަންޓް ދައްކާ މިންވަަރަކުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު މަދުވާނެ،" އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހިޔާ ފްލެޓުތައް ދޫކުރަނީ އިމާރާތްކުރުމުގެ އަގާ ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަމަށާއި އެހެންކަމުން އެކަމުގެ ގެއްލުން އެޗްޑީސީއަށް ބޮޑުވާނެ ކަމަށެވެ.
މިދިޔަ މަހުގެ ފަހުކޮޅު ހިޔާ ފުލެޓުތައް ހަވާލުކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް، ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ނިމިފައި ނުވާތީ އެކަން ކުރެވިފައެއް ނުވެއެވެ. ސަރުކާރުން މިހާރު ބުނެފައިވަނީ ފުލެޓުގެ ތަޅުދަނޑި މިމަހު ތެރޭގައި ހަވާލު ކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު