ކ. ހުރާއިން 138 މީހުން އަދި އެ އަތޮޅު ދިއްފުށިން 105 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަތޮޅުތެރޭގެ ކޮވިޑް ކްލަސްޓަތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އަބްދުﷲ މައުރޫފް ވިދާޅުވީ، ހުރާއިން މިހާތަނަށް 138 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 250 އަށް އަރާ ކަމަށެވެ.
"ހުރާއިން 570 މީހުންގެ ސާމްޕަލް ވަނީ ނެގިފައި،" މައުރޫފް ވިދާޅުވިއެވެ.
ހުރާ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މައުރޫފް ވިދާޅުވީ، ކ. ދިއްފުށިން މިހާތަނަށް 105 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 630 އަށް އަރާ ކަމަށެވެ. އެ ރަށުން މިހާތަނަށް ވަނީ 580 މީހުންގެ ސާމްޕަލް ނަގައިފައެވެ.
ކޮވިޑް ފެތުރެމުންދާ ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ އިރު، ހުރާގެ އިތުރުން ދިއްފުށީގައި ވެސް ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިއުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު