ޅ. ނައިފަރުން 179 މީހުން އަދި އެ އަތޮޅު ހިންނަވަރުން 35 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަތޮޅުތެރޭގެ ކޮވިޑް ކްލަސްޓަތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން އަބްދުﷲ މައުރޫފް ވިދާޅުވީ، ޅ. ނައިފަރުން މިހާތަނަށް 179 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 245 އަށް އަރާ ކަމަށެވެ.
"1،260 ސާމްޕަލް ނައިފަރުން މިހާތަނަށް ވާނީ ނެގިފައި،" މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، ހިންނަވަރުން 35 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 44 އަށް އަރާ ކަމަށެވެ.
ނައިފަރުން ކޮވިޑް ކޭސްތަކެއް ފެނިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ހިންނަވަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
އަތޮޅުތެރެއިން ގިނަ ކްލަސްޓާތަކެއް އުފެދިފައިވާ އިރު، 17 ރަށެއް މިވަގުތު ވަނީ މޮނީޓަރިންގެ ހާލަތުގައެވެ. އަދި 65 ރަށެއްގައި 950 އެކްޓިވް ކޭސް އެބައުޅެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު