ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުން ފަންނީ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތަކުން ފްލެޓް ލިބުނު ފަރާތްތަކުން އެ ފްލެޓް ދޫކޮށްލައި ޖާގަ ތަނަވަސް ބޮޑު ފްލެޓެއް ލިބޭނެ ފުރުސަތެއް ސަރުކާރުން ފަހިކޮށްދީފި އެވެ.
އެކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ހިޔާ ފްލެޓްތައް ދޫކޮށްލުމަށް ބޭނުންވާ ފަންނީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ހިޔާ ފްލެޓްތަކުގެ ތެރެއިން، ފަންނީ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތަކުގައިވާ ފަރާތްތަކުގެ ތެރެއިން، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް ވަނީ އެ ފުރުސަތު ހުވުވާލާފައި،" މަބްރޫކް ވިދާޅުވި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް މަޝްރޫއުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓް މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ. އެހެން ނަމަވެސް ދާއިމީ ލިސްޓަށް ހޮވިފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށްބުނެ ފްލެޓް ލިސްޓު އަލުން މުރާޖައާކޮށް، ފްލެޓް ލިބޭ ފަރާތްތައް އަލުން ކަށަވަރު ކުރުމަށް، ރައްޔިތުން މަޖިލީހު ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ސަރުކާރަށް ވަނީ ލަފާ ދީފި އެވެ.
ފުލެޓު މައްސަލަތައް
ފުލެޓު މައްސަލަތައް
ފުލެޓު މައްސަލަތައް