ރ. މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރއިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީން ނިންމައިފިއެވެ.
އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މެންބަރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އެ ފަރާތްތައް ހާޒިރުކޮށް ބާއްވާ ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ފަރާތްތަކުގެ އިތުރުން ރޭޕްކުރި އެ މައްސަލައިގެ ތަހުގީގުގައި ހިމެނޭ މެޑިކަލް ޓީމުވެސް ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅިގެން އެކަމުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްވެސް ހޯދަން ޖެހޭ ކަމަށާއި އެހެންކަމުން އެ މިނިސްޓްރީ ވެސް ކޮމިޓީ ބައްދަލުވުގައި ބައިވެރިކުރަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލައާ ބެހޭ މައުލޫމާތުތަކެއް ލޯފާމަކުން ހުށަޅާފައިވާ ކަމަށާއި ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި އެކަމާބެހޭ އިތުރު މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރާނެ ކަމަށް އެ ލޯފާމުން ބުނެފައިވާ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.
ޖީހާން އިތުރަށް ވިދާޅުވީ އެ ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ އާއިލާއާ ވެސް ކޮމިޓީން ބައްދަލު ކުރަން ބޭނުންކަމަށެވެ.
އެ ފަރާތްތައް ވީހާ އަވަހަކަށް ކޮމިޓީއަށް ގެނެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކޮމެޓީގެ ސެކްރެޓޭރިއެޓްގައި ޖީހާން ވަނީ އެދިވަޑަިއިގެންފައެވެ.
މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ނުކޮށްގެން ކަމަށްބުނެ އެރަށު ރައްޔިތުންގެ ބަޔަކު މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެރަށުގައި ފުލުހުންނާ ދެކޮޅަށް ނިކުތެވެ.
އެހާދިސާގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހންގި ހަތަރު މީހަކު ފުހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.
އިންސާނީ ހައްގުތައް
އިންސާނީ ހައްގުތައް
އިންސާނީ ހައްގުތައް
އިންސާނީ ހައްގުތައް