އިންސާނީ އެހީ ދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ އޮތީ ނުކުޅެދިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއއެވެ.
ބައިނަލްއަގުވާމީ އިންސާނީ އެހީތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިންސާނިއްޔަތަށް ހިދުމަތްކުރުމުގައި އެމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މަސައްކަތްކުރާ މުޅި ދުނިޔޭގެ އިންސާނީ އެހީތެރިންނާއެކު ރާއްޖެއިން ސާބިތުކަމާއެކު އެކީގައި ދެމިއޮންނާނެ ކަމަށެވެ.
އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މިންވަރު އިތުރުވަމުންދާ މިފަދަ ދަނޑިވަޅެއްގައި، އާންމު ރައްޔިތުންނާއި އެހީދޭ ފަރާތްތައް ރައްކާތެރިކުރުމުގައި ނާކާމިޔާބުވެފައިވާކަން އެންމެ ބޮޑަށް ފެންނަން އޮތީ ގާޒާއިން ކަމަށް ރައީސް ވިދާޅުވިއެވެ.
"އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި އެހީދޭ ފަރާތްތަކަށް އަމާޒުކޮށްދޭ ހަމަލާތައް ދިވެހިރާއްޖެއިން ކުށްވެރިކުރަން އަދި ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ގޮތަށް ދާއިމީ ހަމަލާބަދަލުކުރުން ހުއްޓާލުމަށް އިލްތިމާސްކުރަން." ރައީސް ވިދާޅިވިއެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ އިންސާނީ ހިދުމަތުގައި ދެމިތިބި ފަރާތްތަކާއި އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ފުރާނައިން ގުރުބާންވި ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް އިހުތިރާމް އަދާކުރައްވައިފައެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތައް ނެގެހެއްޓުމަށާއި ހުރިހާ އިންސާނީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް