ހާއްސަ ހާލަތްތަގައި މިވަގުތު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ އަށް ހަފުތާ ފަހުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ. އަދި މާލޭ ސަރަހައްދުގައި ފުރަތަމަ ޑޯޒް ދިނުން މިމަހުގެ 15 ވަނަ ދުވަހު މެދު ކަނޑާލުމަށްފަހު ދެވަނަ ޑޯޒް ޖަހަން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް މީގެ ކުރިން ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ދެވަނަ ޑޯޒް ޖަހާނެ ދުވަހެއް ފައިނަލް ކޮށްފައެއް ނުވެ އެވެ.
ނަމަވެސް ބައެއް ފަރާތްތަކަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަމުން އަންނަ ކަމަށްބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
މިކަމާ ގުޅިގެން އެޗްއީއޯސީން ބުނީ މިވަގުތު ދެވަނަ ޑޯޒް ޖަހައިދެނީ ފުރަތަމަ ޑޯޒް ޖެހުމަށްފަހު އިމަޖެންސީ ހާލަތެއްގައި ފުރަން ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން އަށް ހަފުތާ ތެރޭގައި އެނބުރި ރާއްޖެ ނާދެވޭ މީހުންނަށް އެކަނި ކަމަށެވެ. އެކަމަކު މި ހާލަތުގައިވެސް ވެކްސިން ޖަހައިދެނީ ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.
މިހާތަނަށް ރާއްޖެއިން ދެ ލައްކަ ސާދަ ހާހަށް ވުރެ ގިނަ ބަޔަކު ވަނީ ވެކްސިން ޖަހާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު