ފައިޒާއާއި ސިނޯފާމަކީވެސް ދެ ޑޯޒް ފުރިހަމަ ކުރާން ޖެހޭ ވެކްސިން ކަމަށާއި މި ވެކްސިން ތަކުގެ ދެވަނަ ޑޯޒް ޖަހަން އަދި ނިންމާފައި ވަނީ 4 ހަފުތާ އާއި 6 ހަފުތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން ދެ ވެކްސިނަށް ހުއްދަ ދިންކަން އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރު އައިޝަތު މުހައްމަދު ވިދާޅުވީ ފައިޒާ އަދި ސިނޯފާމް ވެކްސިންގެ ވެސް ދެ ޑޯޒް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ދެ ވެކްސިންގެ ތެރެއިން ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން އޮންނަނީ ދެ ހަފްތާއާ ހަތަރު ހަފްތާއާ ދެމެދު ކަމަށް އައިޝަތު މުހައްމަދު ވިދާޅުވި އެވެ. އަދި ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އޮންނަނީ ހަތަރު ހަފުތާއާ ހަ ހަފުތާ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ހަމަ އިތުރު ސްޓަޑީސް ތަކާ އެކީގައި މީތި ހަމަ ޗޭންޖު ވެދާނެ އިނގޭތޯ،" އައިޝަތު މުހައްމަދު ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭނެ އާބާދީގެ 46 ޕަސެންޓު މީހުންނަށް މިހާރު ވެކްސިން ދީފައިވާ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފަ އެވެ.
އެގޮތުން ރާއްޖޭގެ އަމާޒަކީ ވެކްސިން ޖެހޭ އާބާދީއަށް އަވަހަށް ވެކްސިން ޖަހައި ނިންމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެކަން ހާސިލުކުރުމަށް ކުރި މަސައްކަތުން މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ ކޮވިޝިލްޑުގެ 212،000 ޑޯޒް އާއި ސައިނޯފާމްގެ 18،000 ޑޯޒް ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު