އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން 23 މީހަކު ހައްޔަރުކޮށްފިއެވެ.
އިދިކޮޅުން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު ވެސް އަންނަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެގޮތުން މިއަދު ވެސް ވަނީ މާލޭގެ ދެ ސަރަހައްދެއްގައި މުޒާހަރާކޮށްފައެވެ.
ފުލުހުން ބުނީ މިއަދުގެ މުޒާހަރާގައި 23 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މިއަދުގެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އިދިކޮޅު ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދާއި ގްރީން ޒޯން ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވެ، އެއްވުންތަކާއި ހަފުލާތަކާއި ޖަލްސާތައް ބޭއްވުމާއި ފަސް މީހުންނަށް ވުރެ ގިނައިން އެއްވުން ވަނީ މަނާކޮށްފަ އެވެ. އަދި އެކަންކަމާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު