އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވަން ހމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިިހާބަށް އަލުން ހުޅުވާލަން ހައި ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި މިއަދު ހުކުމް އިއްވުމަށް ތާވަލް ކޮށްފިއެވެ.
މި މައްސަަލައިގެ ހުކުމް އިއްވުމަށް ހައިކޯޓަށް ތާވަލް ކޮށްފައިވަނީ މިއަދު މެންދުރުފަހު 3:00 އަށެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވަން ޖެހޭނެ ކަމަށް ލޯކަލް ކައުންސިލް ގާނޫނުގައި ބުނެފައިވާ އިންތިހާބު އެކި ފަހަރުމަތިން ފަސް ކުރަމުން އައިސް މިއަހަރު ބާއްވަން ނިންމާފައިވަނީ، ކޮވިޑް 19 އާ ގުޅިގެންނެވެ.
އޭޕްރީލް މަހު 10 އަށް އިންތިހާބު ފަސް ކުރި ނަމަވެސް، އިންތިހާބު ބާއްވަން ނިންމާފައި ވަނީ އިންތިހާބަށް އަލުން ހުލުވާލުމަކާ ނުލައި، 2020 ވަނަ އަހަރުގެ އޭޕްރީލް ހަތަރެއްގައި ބާއްވަން އޮތް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައެވެ.
އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ޝަކުވާ ކޮށްފައެެވެ.
އެ ފަރާތްތަކުން ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލިތާ އަހަރެއް ފަހުން އިންތިހާބު ބާއްވާއިރު ކުރިމަތިލި ބައެއް ފަރާތްތަކަށް ބަދަލުތައް އައިސްފައި ވުމާއި، ބައެއް ކެންޑިޑޭޓުުން މަރުވެ، ގިނަ ކެނޑިޭޓުންތަކެއް ނަން ގެންގޮސްފައި ވުމާއި އަލަށް ވޯޓުލާން އެތައް ބައެއްގެ އުމުރު ހަމަވެ ވޯޓު ލުމުގެ ޝަރުތު ހަމަވުމާ ގުޅިގެން އިންތިހާބު ބާއްވަން ޖެހޭނީ އެކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިގެން ކަމަށެވެ.
އެހެންކަމުން ހައިކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ، މިދިޔަ އަހަރު ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނޫން ބަޔަކަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ހިމަނާފައިވާ މާއްދާ ބާތިލު ކުރަން ހުށަހަޅާފައިވާ މައްސަލައެކެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ ތ. ކަނޑޫދޫ މެނީލާ، މުހައްމަދު ތަސްލީމެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ވަނީ ނިންމާލައިފައެވެ. އެހެންކަމުން އެ މައްސަލައުުގައި މިއަދު އޮންނާނީ ހުކުމް އިއްވުމެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު