ކޮވިޑް-19އަށް ދިފާއުވުމުގެ ގޮތުން ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީނަކާއި ނުލައި ރަށް ރަށަށް ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެއިސްދޭ "އަހާށޭ ބުނާނަން" ގައި ރައްޔިތުން ފޮނުވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ވެކްސިން ޕާސްޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ދެ ޑޯޒް ވެކްސިން ޖަހާފައި ތިބޭ މީހުނަށް ދަތުރު ކުރުމުގައި ހުރަސްތަކެއް ނުހުންނާނެ ކަމަށެވެ.
"ދިވެހިރާއްޖޭގައި ވެސް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ދަތިތަކެއް ހުރެގެން ނުވާނެ. މިކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން މި ގެންދަވަނީ،" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.
ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑް ވެރި ރަށް މާލެއިން، މިދިޔަ އަހަރު ފެނުމާ އެކު މާލޭގައި ދިރިއުޅޭ މީހުން އެހެން ރަށަކަށް ދާ ނަމަ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓް ކުރެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް "ހަރުކަށި" ފިވަވަޅުތަކެއް އެޅި ނަމަވެސް މިހާރު ރާއްޖޭގެ ބައެއް އެހެން ރަށް ތަކުގެ މުޖުތަމައު ތެރެއިން ވެސް މި ބަލި ވަނީ ފެނިފަ އެވެ. އެހެން ނަމަވެސް މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ވެސް ބަލި ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު