ރާއްޖޭގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

އެ މައްސަލައިގައި ފުލުހުން މީޑިއާތަކަށް މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ މައްސަލައިގައި ކުޑަކުއްޖަކު ހިމެނޭތީ ފުލުހުން އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއެވެ. އަދި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ވެސް ދީފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ 13 އަހަރުގެ ކުއްޖަކަށް އޭނާގެ ބޭބެއެއް ޖިންސީ ގޯނާކުރި މައްސަލައެކެވެ. އަދި ކުއްޖާއަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ލީކުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.