ކޮވިޑްގެ ވެކްސިން ދިނުމަށް ރާއްޖޭގައި ފަށާފައިވާ "ކޮވިޑް 19 ދިފާއު" ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ ސިއްހީ މާހިރުންގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖައްސައިފިއެވެ.
ތޭވީސް ސިއްހީ މާހިރުން ހިމެނޭ އެ ޓީމް ރާއްޖެ އައުމަށް ހަމަޖައްސާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ސިއްހީ މާހިރުންގެ މި ޓީމުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ބޭރުގައުމުތަކުގެ މީހުންނަށް ވެކްސިން ދިނުމުގައި ފަސޭހަަތަކެއް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބަންގްލަދޭޝްއިން ރާއްޖެ އަންނަ ސިއްހީ މާހިރުންގެ ޓީމުގައި ހިމެނެނީ 11 ނަރުހުންނާއި ދިހަ މެޑިކަލް އެސިސްޓެންޓުނާއި ދެ އެނެސްތިސިއޮލޮޖިސްޓެވެ. މި ޓީމު ރާއްޖެ އަންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ ދައުވަތަކަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ދެ މަސް ދުވަހަށް ސިއްހީ މާހިރުންގެ އެ ޓީމް ރާއްޖޭގައި ހަރަކާތްތެރިވުމަށް ހަމަޖައްސާފައިވާއިރު ރީޖަނަލް ހޮސްޕިޓަލްތަކުގައްޔާއި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގައި އެ ޓީމުގެ މެންބަރުން ހަރަކާތްތެރިވާނެއެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖޭގައި 123،665 މީހަކަށް ވެކްސިން ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު