ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އަންހެނަކު ރޭ މަރުވެއްޖެ އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވި މއ. ކުފުރާ ހަލީމާ މުހައްމަދު އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.
އޭނާގެ އުމުރުން 80 އަހަރެވެ.
މިއީ ކޮވިޑް ޖެހިގެން މި ބަލީގައި ރާއްޖެއިން މަރުވި 61 ވަނަ މީހާ އެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު، އެޗްޕީއޭއިން ބުނެފައިވަނީ، މިހާރު ވެސް ކޮވިޑް ބަލީގައި ބައެއް މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މާލޭގައި ކޮވިޑު ކޮންޓްރޯލުން ނެއްޓިފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަންނަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19