ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ ކޮންޓެކްޓުން ރަށު ތެރޭގައި އުޅުމުން ށ. މިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ކަމަށާއި އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކަރަންޓީނުގައި ހުއްޓައި ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓުން ރަށުތެރޭގައި އުޅުމުން ކަމަށެވެ.

"ށ. މިލަންދޫގައި މިވަނީ މިއަދު ޕޮޒިޓިވްވި ފުރަބަންދު ކޭސްއެއްގެ ކޮންޓެކްޓްސް ބޭރުގައި ރަށު ތެރޭގައި އުޅުމާ ގުޅިގެން އެމީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދެން ދެން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މިވަގުތު މޮނީޓަރިންގައި އޮތީ މާލޭ ސަރަހައްދާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ހދ. ނޭކުރެންދޫގެ އިތުރުން ށ. މިލަންދުއެވެ.