މިއަހަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީހުގައި އެންމެ ކާމިޔާބު އެއް އަހަރަށްވާނެކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ބީއެމްއެލްއަށް ލިބުނެވެ. ބީއެމްއެލްއަށް މިދިޔަ ސެޕްޓެންބަރު 30 ގެ ނިޔަލަށް ލިބުނު ފައިދާއަކީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 26 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 647.2 މިލިޔަން ރުފިޔާ ބީއެމްއެލްއަށް ވަނީ ލިބިފައެވެ.
އެ ކާމިޔާބީއާ ގުޅިގެން ޝަރީފު ވިދާޅުވީ މިހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށްވާނެ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ފައިސާގެ ދައުރުވުން ވަރުގަދަކޮށް އޮތުމުގެ އިތުރުން ކަސްޓަމަރުންގެ އިތުބާރުގެ ސަބަބުން ބެލެންސް ޝީޓް މެދުކެނޑުމެއްނެތި ފުޅާވަމުންދާކަމަށް ޝަރީފު ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 36 ޕަސަންޓުގެ އިތުރު އަދަދެއް ކަމަށެވެ. އަދި މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 874.8 މިލިޔަން ރުފިޔާ އަދި އިންޓަރެސްޓް ނޫން އެހެނިހެން މުއާމަލާތްތަކުން 377.53 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 38 ޕަސަންޓުގައި ކަމަށާއި، މިއީ މާލީ އިދާރާތަކުން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ކަމަށްވާ 12 ޕަސެންޓާ އަޅައިބަލާއިރު ތިންގުނަ މަތީ އަދަދެއްކަމަށް ބީއެމްއެލުން ބުންޏެވެ.
ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްތައް 14 ޕަސެންޓަށް އިތުރުވެފައިވާއިރު އެއީ ޖުމްލަ 42.36 ބިލިޔަން ރުފިޔާކަމަށް ބީއެމްއެލުން ބުންޏެވެ.
މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ލޯނު ދޫކުރުމުގެ ރެކޯޑެއްވެސް ބޭންކުންވަނީ ގާއިމުކޮށްފައިކަމަށް ބީއެމްއެލުން ބުންޏެވެ. އެގޮތުން، އަލަށް ދޫކުރި ލޯނުގެ ޖުމްލަ އަދަދު 12.1 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މުޅި ޖުމްލައަށްވުރެވެސް މަތީ އަދަދެއްކަމަށް ބީއެމްއެލުން ބުންޏެވެ.
މީގެއިތުރުން 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް 2.86 ބިލިޔަން ޑޮލަރުވަނީ ރާއްޖޭން ބޭރަށް ފޮނުވާފައިކަމަށް ބީއެމްއެލުން ބުންޏެވެ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 31 ޕަސަންޓުގެ އިތުރުވުމެއްކަމަށް ބީއެމްއެލުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް