ކޮވިޑް ވެކްސިން ޖަހަން މުވައްޒަފުން ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަމިއްލަ ކުންފުނިތަކާއި ކެފޭ، ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ކުޅިވަރު ކްލަބުތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި އެންޖީއޯތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށް ގްރޫޕު ވެކްސިނޭޝަނަށް ހުޅުވާލާ ކަމަށެވެ.

އަމިއްލަ ކުންފުނިތަކާއި ކެފޭ، ރެސްޓޯރަންޓްތަކާއި ފިހާރަތަކުގެ މުވައްޒަފުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އިކޮނޮމިކް މިނިސްޓްރީގެ ނަންބަރު 3333188 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެޗްޕީއޭ އިން އެދެއެވެ.

ކުޅިވަރު ކްލަބުތަކާއި ކުޅިވަރު އެސޯސިއޭޝަންތަކާއި އެންޖީއޯތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ޔޫތު މިނިސްޓްރީގެ ނަންބަރު 3347465، 3347329 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެދެއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ނަންބަރު 3339286 އަށް ގުޅުމަށް ނުވަތަ [email protected] ނޫނީ [email protected] އަށް އީމެއިލްކުރަން ޖެހެއެވެ.

ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ޓޫރިޒަމް މިނިސްޓްރީގެ ނަންބަރު 3022245 ނުވަތަ [email protected] އަށް އީމެއިލްކުރުމަށް އެޗްޕީއޭ އިން އެދެއެވެ.

މާލެ އާއި އަތޮޅުތެރޭގައި ވެސް ވެކްސިނޭޝަން ޕްރޮގްރާމް ބާރަށް ކުރިއަށްގެންދާ އިރު، މިހާތަނަށް ރާއްޖެއިން ވަނީ 64،000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފައެވެ.