ކޮވިޑާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފަތުރާ ދިވެހި ވެބްސައިޓެއްގެ މައްސަލަ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު އިންސްޕެކްޝަން ސެކްޝަންގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ކޮވިޑް 19އާ ގުޅޭ ސައްހަ ނޫން މައުލޫމާތު ދައުރުކުރާ ވެބްސައިޓެއްގެ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. ނަސީރު ވިދާޅުވީ، އެ ވެބްސައިޓުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ އެ ވެބްސައިޓުގެ ކަންކަން ބަލަމުން،" ނާސިރު ވިދާޅުވިއެވެ.
ކޮވިޑާ ގުޅޭ ސައްހަ ނޫން މައުލޫމާތު ދައުރުކުރަނީ "އަމިއްލަ ސިއްހަތު" ކިޔާ ވެބްސައިޓަކުންނެވެ.
ނާސިރު ވިދާޅުވީ، ކޮވިޑާ ގުޅޭ ސައްހަ މައުލޫމާތު ރަސްމީ އިދާރާތަކުން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެޗްޕީއޭއާއި ބައެއް އެހެން ވެރިފައިޑް ސޯސްތަކުން މައުލޫމާތު ހޯދުމަށް ނާސިރު އިލްތިމާސްކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު