މަސައްކަތްތަކެއް ކުރަން ގދ. މަޑަވެއްޔަށްދިޔަ ބައެއްގެ ތެރެއިން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މަޑަވެލި ކައުންސިލްގެ ނާއިބު ރައީސް އަޒަމް މުހައްމަދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ އެރަށުގައި މަސައްކަތެއްކުރަންދިޔަ ހަތް މީހުންގެ ގްރޫޕެއްގައި ހިމެނޭ މީހެއް ކަމަށެވެ.
މާލެއިން އެމީހުން މަޑަވެއްޔަށް ގޮސް ތިބީ ކަރަންޓީނުގައި ކަމަށާއި އެމީހުންގެ މީހަކު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ނިންމައި ނެގި ރިލީސް ސާޕަލްގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ހިމެނެނީ ހަތް މީހުން، އެއީ މުޅިން ވެސް ބަންލަދޭޝް މީހުން، އެމީހުން ކަރަންޓީނުގެ މުއްދަތު ނިންމައި ބުރާސްފަތި ދުވަހު ޓެސްޓްކުރަން ސާމްޕަލް ނެގީ، މިއަދު ހެނދުނު ނަތީޖާ ލިބުނު އިރު އޭގެ ތެރެއިން އެކަކު ޕޮޒިޓިވް ކަމަށް ދައްކަނީ،" އަޒަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅިގެން އެމީހުން މިއަދުން ފެށިގެން އަނެއްކާ ކަރަންޓީނަށް ލާފައިވާ ކަމަށެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19