ހުޅުމާލޭ ޖަލުން އިތުރު 30 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލެ ޖަލުން ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެ، އެތަން ވަނީ ލޮކްޑައުންކޮށްފައެވެ.
އެޗްޕީއޭ އިން ބުނީ މިމަހުގެ އެއްވަނަ ދުވަހު ހުޅުމާލެ ޖަލުން ގައިދީއެއް ޕޮޒިޓިވްވުމާ ގުޅިގެން ގައިދީންނާއި ސްޓާފުން ހިމެނޭ ގޮތަށް ނެގުނު 112 ސާމްޕަލްގެ ތެރެއިން 30 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ޖަލުން މިހާތަނަށް 31 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ރެންޑަޕް ސާމްޕަލްތަކުގެ ނަތީޖާތައް ލިބިފައިވަނީ އިއްޔެ އާއި މިއަދު ކަމަށާއި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ގައިދީން އެކަނި ކަމަށެވެ.
ޕޮޒިޓިވްވި މީހުން މިހާރު އެކަހެރި ކުރެވިފައިވާ ކަމަށާއި އެމީހުންނާ ކޮންޓެކްޓުވީ މީހުންވެސް ކަރަންޓީންކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް ހުޅުމާލޭ ޖަލުން ކޭސްތަކެއް ވަނީ ފެނިފައެވެ. އޭރު ޕޮޒިޓިވްވެފައިވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ވަގުތީ ގޮތުން ބައިތިއްބާފައި ތިބި ފަސް ބިދޭސީއަކާއި ހުޅުމާލޭ ޖަލުގައި ތިބި ހަތް ގައިދީއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު