ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، އިންޑިއާގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް 29އ އެވެ.
އޭނާ ބަންދުކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ ވަނީ ރާއްޖެއަށް ގިނަ އަދަދެެއްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައެވެ. ކޯޓުގައި ދިފާއުވުމަށް އޭނާ ބުނެފައިވަނީ އެތަކެއްޗަކީ، އޭނާ ބޭނުންކުރަން ގެނައި ތަކެތި ކަމަށާއި ޑީޕޯޓުކޮށްދިނުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން އޭނާގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ، އިންޑިއާގައި އާންމުކޮށް ވިއްކަން ހުންނަ އެއްޗެއް ކަމަށްވެސް ކޯޓުގައި ބުނެފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ގިންތިއަށް ފެތޭ އެއްޗެއްކަން ނޭނގޭ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ، އޭނާ ބަންދުން ދޫކޮށްލައިފައި ހުރެއްޖެ ނަމަ މުޖުތައަމަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ ޝަރީއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން މި މައްސަލައިގައި އޭނާއާ ދެެކޮޅަށް ފުލުހުން ވަނީ ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުށަހަޅައިފައެވެ.
އަލީ ޔާމިން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
ކޮމެންޓް