ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހިގެން ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މިއަދު ބުނީ ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ރޭ 10:15 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އެކަމަކު ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ލައިސަންސް ނެތި ސައިކަލު ދުއްވީ ބަންގްލަދޭޝް ފިރިހެނެކެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
ކޮމެންޓް