ގްރޭޓާ މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރު ކުރެވޭނެ އާ އަގުތައް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާނު ކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރު ތަކަށް އަގު ނަގާނީ އަލަށް ތައާރަފު މި ކުރި ރޭޓުން ކަމަށެވެ. މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ނެގުމަކީ މަނާކަމެއްކަމުގައި ވެސް އެ އޮތޯރިޓީން ބުނެ އެވެ.

  • މާލެ ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ
  • މާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • ހުޅުމާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • މާލެ - ހުޅުމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/75 ރުފިޔާ
  • ހުޅުމާލެ ފިޔަވަހި 1 - މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
  • މާލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/90 ރުފިޔާ
  • ހުޅުމާލެ 2 ވަނަ ފިޔަވަހި - މާލެ ދަތުރެއްގެ އަގު -/90 ރުފިޔާ
  • ހުޅުމާލެ 2 ވަނަ ފިޔަވަހި - ހުޅުލެ ދަތުރެއްގެ އަގު -/75 ރުފިޔާ
  • ހުޅުލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/75 ރުފިޔާ
  • ހުޅުމާލެ ފިޔަވަހި 1 - ހުޅމާލެ ފިޔަވަހި 2 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ
  • ހުޅުމާލެ ފިޔަވަހި 2 - ހުޅމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ