ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް، ކާފިއުގެ ވަގުތު އިތުރު ކުރަން ނިންމުމާއި ގުޅިގެން ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާ ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް އަނެއްކާ ވެސް ބަދަލު ގެނެސްފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ކޮވިޑު ކޭސްތައް އިތުރުވާން ފެށުމުން އިކޮނޮމިކް މިނިސްޓްރީން ވަނީ ސައި ހޮޓާ، ކެންޓީން، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށް ކަނޑައަޅައިފަ އެވެ.
ނަމަވެސް އެ ވަގުތަށް ބަދަލު ގެނެސް، އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ފިހާރަތަކާއި ސައި ހޮޓާ، ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.
އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ތަންތަނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފަތިހު 4:30އާ ހަމައަށް ކާފިއު ހިންގާނެ އެވެ. އަދި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު