ކޮވިޑް 19

ކެފޭ ރެސްޓޯރެންޓުތައް ހިންގަނީ ގައިޑްލައިނާ އެއްގޮތަށްތޯ ބެލުމަށް ވަރުގަދަ އިންސްޕެކްޝަނެއް ފަށަނީ

އަލީ އަފާފު ރަމީޒު

ކެފޭ ރެސްޓޯރެންޓުތައް ހިންގަނީ ގައިޑްލައިނާ އެއްގޮތަށްތޯ ބެލުމަށް ވަރުގަދަ އިންސްޕެކްޝަނެއް ފަށަން ނިންމައިފި އެވެ.

ކޮވިޑާ ގުޅިގެން ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް މީގެ ކުރިންވެސް އެކިފަހަރުމަތިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުގެ ކެފޭތަކާއި ރެސްޓޯރެންޓްތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް ފަށާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

މި އިންސްޕެކްޝަން ކުރިއަށްގެންދާނީ މާލޭ ސަރަހައްދަށް އަމާޒުކޮށްގެން ކަމަށާއި މި އިންސްޕެކްޝަން ކުރިއަށްގެންދާނީ ފުލުހުންނާއި އެޗްޕީއޭ އަދި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އިތުރުން ފިހާރަތަކާއި ފިޓްނަސް ސެންޓަރުތަކާއި ސެލޫންތައް އަދި މާރުކޭޓުތައް ފަދަ އާއްމު ހިދުމަތްދޭ ހުރިހާ ތަނެއް ބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ޓެކްސީތަކާއި ލޮރީތަކާއި ޕިކަޕް އަދި ޕްރައިވެޓް ހަޔާ ފަދަ އުޅަނދުތައްވެސް އިންސްޕެކްޓް ކުރުމަށް އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ.