މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި މަހު 7 ވަނަ ދުވަހުން ފެށިގެން މާސްކް އަޅަން ޖެހޭގޮތަށް ހަމަޖައްސައިފި އެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވުމާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ނިންމައިފައެވެ.
މިއަދު އެންގި އެންގުމުގައި ބުނީ މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގައިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވާވާ ގޮތަށް މާސްކު އެޅުމަށް އަންގާ ކަމަށެވެ.
ނަމަވެސް ވަކި ހާލްތަތަކުގައިވާ ފަރާތްތައް ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެއެވެ.
- އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިން
- ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު
- އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން
- ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތައް ހިދުމަތް ހޯދާ ވަގުތު
ރާއްޖޭގައި ކޮވިޑުގެ އަދަދުތައް މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް އުޅެނީ 100 އިން މަތީގައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 215 މީހަކު ޕޮޒިޓިވްވެފައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19