ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ކުއްލި ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.
އެޗްއީއޯސީން ބުނީ މިއަދު ހަވީރު އެމަޖެންސީ ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ ކަމަށާއި އަދި އެ ނޫސްވެރިންގެ ބައްދަލުވުން ފަށާނީ ހަވީރު 4:30 ގައި ކަމަށެވެ. ނަމަވެސް މިއީ ކޮންކަމަކާ ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސެއްގެ ކަމެއް ނޭނގެ އެވެ.
އެނގިފައިވާ ގޮތުގައި، މިއަދުގެ ކުއްލި ބައްދަލުވުމަކީ ވަރަށް މުހިންމު ނިންމުންތަކެއް ނިންމުމަށް ބާއްވާ ޕްރެސް އެކެވެ. އަދި ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ނިންމާ އެކަން ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރާނެކަން އެނގިފައިވެ އެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު މިދިޔަ ހަފުތާ އިން ފެށިގެން ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު 100 އިން ދަށަށް ގޮސްފައެއް ނުވެ އެވެ. އަދި އިއްޔެ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 200 އިން މައްޗަށް އަރައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު